ޚަބަރު
ހއ. ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިމުގެ 21 ހެކްޓަރު ހިއްކައިފި
ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެ ރަށުގެ ބިމުން ހިއްކުމަށް ހަމަޖެހިފައިވާ 115 ހެކްޓަރުގެ ތެރޭން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫއުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ. 

އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ %18.75 ކަމަށެވެ.

އެމްއޭސީއެލްގެ އަމާޒަކީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު