
ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޕްރިންސް ޑަ ނެދަލަންޑެން އާއި އޮރަންޖޭ ނަމަކަށް ކިޔާ ދެ ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ދެ ޑްރެޖަރުގެ ކެޕޭސިޓީއަކީ 22،000 ސީބީއެމް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.އެމްއޭސީއެލުން ބުނީ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް 59 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. ފޭސް ތިނަކުން ހިއްކުމަށް ނިންމާފައިވަނީ 63 ހެކްޓަރެވެ.