ޚަބަރު
ހުޅުމާލެ ފޭސް 3 ހިއްކައި ނިމިއްޖެ
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

އެ މަޝްރޫއު ނިމިފައިވާކަން އިއުލާން ކުރެއްވީ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގަ އެވެ.  

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި މިހާރުވަނީ ގުރުއަތުލުން ބާއްވާފައެވެ. އެސަރަޙައްދުން 7 ސައިޒެއްގެ ބިން ދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޖުމްލަ 698 ގޯތި ދޫކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެހެންކަމުން މިސަރަޙައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނިމި، އަވަހަށް ގޯތި ލިބިގެން ދިޔުމަކީ އެސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކުން އެދިއެދި ތިބި ކަމެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު