ޚަބަރު
ގައުމީ ފުޓްސަލް ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށާއި، ގައުމީ ފުޓްބޯޅަ ޓީމަށް އެއް މިލިއަން ރުފިޔާގެ ބޯނަހެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު ލަންކާގައި ބޭއްވި ދެކުނު އޭޝިއާގެ ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ފުޓްބޯޅަ ޓީމާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ދިވެހި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެސް ފައިސާގެ އިނާމު ދެއްވަން ރައީސް ނިންމވާފައިވާ ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް މުޅި ޓީމަށް މި ބޯނަސް ދިނުމަށް،" މިނިސްޓަރު ރާފިއުއާ ހަވާލާދީ، ދައުލަތުގެ މީޑިއާ ޕީއެސްއެމުން ބުންޏެވެ.

ދިވެހި ޤައުމީ ޓީމު ލަންކާގައި އޮތް މުބާރާތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރައީސް ޑރ. މުހައްްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު ދެވަނަ ދުވަހު ގައުމީ ޓީމާއެކު ސިޓްރޮން ރެސްޓޯރެންޓުގައި ބައްދަލު ކުރައްވާފަ އެވެ. ޤައުމީ ޓީމަށް ބޯނަހެެއް ދެއްވަން ރައީސް ނިންމެވީ މި ބައްދަލުކުރެއްވުމެއްގައި ކަމަށް ވެެސް ވަޒީރު ވިދާޅުވި އެވެ.

ސްރީލަންކާގައި އޮތް ސުޕަ ކަޕްގެ ޗެންޕިއަންކަން ދިވެހި ޤައުމީ ފުޓްބޯޅަ ޓީމު ހޯދިއިރު ތައިލެންޑްގައި ކުރިއަަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ޤަައުމީ ފުޓްސަލް ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއީ ވަރަށް ތާރީހީ ކާމިޔާބީ އެކެވެ.

ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރީ ހުރިހާ ޓީމުތައް ބަލިކުރުމަށް ފަހު އެއްވެސް މެޗަކުން ބަލިނުވެ ބާކީ އެއްމެޗު ކުރިއަށް އޮއްވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު