ޚަބަރު
ހޯރަފުށީ ކައުންސިލްގެ އަހަރީ ކަލަންޑަރުގައި ދީނީ އަދި އަދަބީ މުހިއްމު މުބާރާތް ތަކެއް!
ހއ.  ހޯރަފުށީ ކައުންސިލްގެ މިއަހަރުގެ ހަރަކާތްތަކުގެ ތެރޭގައި ދީނީ އަދި އަދަބީ ހާއްސަ ހަރަކާތްތަކެއް ހިމަނާ "އަހަރީ ކަލަންޑަރު" އާންމުކޮށްފި އެވެ.

އޭގެ ތެރޭގައި "ރަން އަޑު ގުރްއާން މުބާރާތް" 3 މަސް ދުވަހަށް ދެމިގެންދާގޮތަށްވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ރަންދާން މަދަހަ މުބާރާތާ، ޒުވާން އިމާމުންނާ ޚަތީބުންގެ ތަމްރީނާ، ނަމާދު ކުރަން ދަސްކުރަމާ. ޕްރޮގްރާމާ، ރަމަޟާން ހިދާޔަތު އިހްޔާ ފޯރަމްއާ، ތައުހީދު އިހްޔާ ފޯރަމް ޕްރޮގްރާމް ހިމެނެ އެވެ. 

ފާހަގަ ކޮށްލެވޭ އަދަބީ މުބާރާތް ތަކުގެ ތެރޭގައި އާދަމް ސަލީމް ހަނދާނީ ޅެން ހެދުމުގެ މުބާރާތާ، މަޑުލު ވަހީދުގެ ހަނދާނީ ކުރު ވާހަކަ ލިޔުމުގެ މުބާރާތް ހިމެނެ އެވެ. 

މީގެ އިތުރުން އެޗް އާރް އެފް އޮފީސް ވޮލީ ލީގު އަންނަ ފެބްރުއަރީ 6 ބޭއްވުމަށް ވަނީ އިއުލާނު ކޮށްފަ އެވެ. 

ހޯރަފުށީ ކައުންސިލުން ރަމަޟާން މަހަށް ހާއްސަކޮށް ކުރިއަށް ގެންދާ ހިދާޔަތު އިހްޔާ ފޯރަމް އާ، ފްރިގޭޱަރ އާ ގުޅިގެން އަހަރުގެ އެކި މަސްތަކަށް އަމާޒުކޮށް ގެންދާ ތައުހީދު އިހްޔާ ފޯރަމް އަކީ ކާމިޔާބު ފޯރަމް ތަކެކެވެ. އަދި ހޯރަފުށީ ޕޮލިހާ ގުޅިގެން ކުރިއަށް ގެންދާ ތައުލަގު ދީނީ ސުވާލު މުބާރާތަކީވެސް ވަރަށް ކާމިޔާބު މުބާރާތެކެވެ

ކިޔުންތެރިންގެ ޝުއޫރު
75%
0%
25%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު