އިސްމާއިލް ރިޒާ
04 ފެބުރުއަރީ 2026 - 23:35
0 comments
މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: މީރާއިން ވަނީ ޓެކްސް ނުދައްކާ 25 ކުންފުންޏެއްގެ ނަން ހާމަކޮށްފަ --
ދެހާސް ސައުވީސް ވަނަ އަހަރު، އާމްދަނީން ނަގާ ޓެކުހުގެ ފައިސާ ނުދައްކާ އަދަދު 100،000 ދިވެހި ރުފިޔާއަށްވުރެ އިތުރުވެފައިވާ 25 މީހުންނާއި ކުންފުނީގެ ނަން މީރާއިން ހާމަކޮށްފި އެވެ.
މީރާގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުން އެ 25 ފަރާތުގެ ތެރޭގައި ބައެއް ކުންފުނިތަކާއި މީހުން ވެސް ހިމެނެ އެވެ. އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރީ، މީރާއިން ބުނި ގޮތުގައި ފޯނުން ގުޅައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އެ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދިނުމަށް ފަހު އެވެ.
ދައުލަތަށް ދައްކަން ޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތު ކުރުމެއް ނެތި އަޅަމުންދާނެ ކަމަށް މީރާއިން ބުންޏެވެ.
އެހެންކަމުން މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.