ޚަބަރު
ޓެކްސް ކޮމިޝަނަރު ކަމަށް ހަލީމާއި އަމީޒާގެ ނަން ފޮނުވައިފި
ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު ފާތިމަތު އަމީޒާ ހިމެނޭހެން ދެ ނަމެއް ރައީސް މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ފޮނުއްވައިފި އެވެ.

މި ދެ ބޭފުޅުންގެ ތެރެއިން މުހައްމަދު ހަލީމަކީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުަމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. 

އަމީޒާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީ އިން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ޑެޕިއުޓީ ކަމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ.

ޓެކްސް ކޮމިޝަނަރުކަމަށް ހުޅުވައިލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ ޙަލީމާއި އަމީޒާގެ ނަމެވެ. ރައީސްގެ ސިޓީފުޅުގައި އިސްކަން ދެއްވައިފައިވަނީ ޙަލީމަށެވެ.

 މިރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު، ފިނޭންސް މިނިސްޓަރުގެ މަގާމަށް މިދިޔަ މަހު ކުރީކޮޅު އައްޔަން ކުރުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު