ހުމާ ނަސީމް
05 ފެބުރުއަރީ 2026 - 21:24
0 comments
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ފޯރުކޮށްދޭން ފެށި ހެލްތު އިންޝުއަރެންސްގެ ހިދުމަތާއެކު ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ."ކުޅުންތެރީންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައި ވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ. ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ވެސް އެއްހަމަކޮށް 7،000ރ. އަށް ބޮޑު ކުރުމަށް މިދިޔަ އަހަރު ރައީސް މުއިއްޒު ނިންމެވި އެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އެ މުސާރަ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ދޭން ފަށައިފަ އެވެ.