ޚަބަރު
ހުޅުމާލެ 1 ގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުވައިފި
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލެ 1 ގައި ރޭ ހުޅުއްވުން - ފޮޓޯ:މިހާރު
އެސްޓީއޯ ޕީޕަލްސް ޗޮއިސް (އެސްޓީއޯ)ގެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ރޭ ހުޅުވައިފި އެވެ.

ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

އެސްޓިއޯ އިން ބުނީ މި ފިހާރައަކީ، ރަމަޟާން މަހާއި ގުޅިގެން ހުޅުވި ފިހާރައެއް ކަމުގައި ވީނަމަވެސް، ކުރިއަށް އޮތްތަނުގައި މި ފިހާރާގެ ޚިދުމަތް އާއްމުންނަށް ލިބޭނެ ކަމަށެވެ. 

ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެސްޓީއޯގެ އައުޓްލެޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްލަންޖެހެ އެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި ގާއިމްކުރެވިފައިވާ ހަ އައުޓްލެޓުގެ އިތުރުން އަތޮޅުތެރޭގައި އެސްޓީއޯގެ 13 އައުޓްލެޓެއް ގާއިމްކޮށްފައިވެ އެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު