ވިޔަފާރި
މާލެ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވައިފި
މިނިސްޓަރު ސައީދު އެސްޓީއޯގެ އިސްވެރިންނާއި އެކު - ފޮޓޯ: މިހާރު
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވާ ބޭނުންކުރަން އެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިތަން ހުޅުވައްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހާއްސަ ކޮށްފައި ވަނީ ހޯމް އިމްޕްރޫވްމަންޓް ސާމާނުގެ އިތުރުން ގޭތެރެ ރީތިކުރުމަށް ބޭނުންވާ ހޯމް ޑެކޯ އައިޓަމް ތަކަށެވެ. އެ ތަނުގައި ޕްރޮކިޔޯ ޕްލަސް އަދި ޕީކަބޫގެ އައުޓްލެޓަކާއި ރެއިމްބޯ ހޯމް އިމްޕްރޫވްމަންޓްގެ ޑިސްޕްލޭ ޒޯނެއްވެސް ހުރެ އެވެ

އެސްޓީއޯއިން އަލަށް ވަނީ ސުންމީ ބްރޭންޑު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއާޕާރސަން އާމިރު މަންސޫރެވެ. އަދި ފިލިޕްސް ބްރޭންޑުގެ އެއާ ކޮންޑިޝަނަރ މާކެޓަށް ތައާރަފްކޮށްފައިވާއިރު މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯގެ ހިދުމަތްތައް ފުޅާކޮށް އައުޓްލެޓްތައް އިތުރުކުރަމުންދާއިރު މި ހުޅުވިގެންދިޔައީވެސް މުހިންމު ތަނެކެއެވެ. އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެސްޓީއޯގެ އައުޓްލެޓްތައް ހުޅުވައި ހިދުމަތް ދެމުންނެއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު