ޚަބަރު
ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ލިބޭނެކަން ކަށަވަރުކުރާނެ: މިނިސްޓްރީ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސަޕްލައި ޗެއިންއަށް ދިމާވެދާނެ ގޮންޖެހުންތައް މޮނިޓާކޮށް ދިވެހިރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ލިބުން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ރާއްޖެ އަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، ބައިނަލްއަގްވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތައް ވެސް ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ވަރަށް ގާތުން އަންނަނީ ދިރާސާ ކުރަމުންނެވެ. 

"މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން،" މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ވަނީ ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން އިތުރަށް ބުނީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ އިގްތިސޯދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު