ޚަބަރު
ސަރުކާރު ދަނީ ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް: ސޯލިހު
ސަރުކާރު ދަނީ ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން އިބޫ ވިދާޅުވީ ކައުންސިލް އިންތިހާބާއެކު ސިއްރިއްޔާތުގައި ސަރުކާރުން ގާނޫނު އަސާސީއަށް ގެންނަން އުޅެނީ ބަޣާވާތެއް ކަމަށާއި އެހެން ނޫންނަމަ ކައުންސިލް އިންތިހާބުގެ ފަހަތުގައި ސިއްރުން މި ވޯޓުގެ ކަންކަން ގެންދަން ނުޖެހޭނެ ކަމަށެވެ.

"މިއަދު ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަޑުކަނޑުވާލާއި، ރައްޔިތުންގެ ބާރު ކަނޑުވާލައި، ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މި ގައުމު ގެންދަން ކުރާ މަސައްކަތް،" އިބޫ ވިދާޅުވި އެވެ.

ސޯލިހް ވަނީ ހަރަދު ކުޑަކުރާށޭ ބުނެ ދެ އިންތިހާބު އެއްކޮށްލުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހަތުން މުޅި ނިޒާމަށް އަރާ ލޮޅުން، ދެނެގަންނަން ޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. ސޯލިހް ވިދާޅުވީ އެމްޑީޕީއިން ފެންނަ ނުފެންނަ ވޯޓަށް ނޫނެކޭ ބުނަނީ އެ ސަބަބުތަކަށް ޓަކައި ކަމަށެވެ. 

މިހާރު ރައްޔިތުން ތިބީ ވާނުވާއެއްގައި ކަމަށާއި ސަރުކާރުން ބުނަމުން ދަނީ މިއީ 50 މިލިއަން ރުފިޔާގެ ގެއްލުމެއް ކުޑަކުރަން ކުރަން ކުރާ ކަމެއް ކަަމަށް އިބޫ ވިދާޅުވެ އެވެ. އެކަމަކު ފަސް އަހަރުން އޮންނަ އިންތިހާބަކަށް ގާތްގަނޑަކަށް 60 މިލިއަން ރުފިޔާއަކީ ބޮޑު އެއްޗެއް ނޫން ކަމަށާއި އެމްޑީޕީ އެކަމާ ދެކޮޅީ އެފަދަ ސަބަބުތަކާ ހުރެ ކަމަށް ވިދާޅުވި އެވެ. 

"އެހެންވީމަ މި ކަންތައްތަކުގެ އަލީގައި އެމްޑީޕީން ނިކުމެ ނޫނެކޭ ބުނަން އެ ނިންމަނީ." 

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާ އެކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓު ބާއްވާށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު