ޚަބަރު
ނުފުރިތިބި 1888 ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިން
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއިން ނުފުރުނު 1،800 އަށްވުރެ ގިނަ ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލްވި ހިސާބުން ސަރުކާރުން ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށެވެ

އެ ގޮތުން މިހާތަނަށް 1،888 ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިިނިސްޓަރު ތޯރިގު ވިދާޅުވި އެވެ.

"(ހަނގުރާމައިގެ) ފުރަތަމަ ގާތްގަނޑަކަށް ތިން ހަތަރު ދުވަހު 100 ވަރަކަށް ފަތުރުވެރިން އެތަނުގައި ނިދާ ނުވަތަ މަޑުކޮށްލައިގެން ތިބި. 150 އަށްވެސް އެރި. އެހެން ނަމަވެސް މިހާރު ގާތްގަނޑަކަށް 12 ފަތުރުވެރިން އެވަރެޖްކޮށް ރޭގަނޑު (އެއާޕޯޓްގައި) ނިދާފައި ތިބެނީ. އަދިވެސް އެތަން ބޭނުންކުރަމުން ދަނީ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމައާއެކު އެންމެ އިސްކަމެއް ދިނީ އެއާޕޯޓުގައި ނުފުރި ތިބި ފަތުރުވެރިންނަށް އެހީތެރިވެވޭނެ ގޮތްތައް ބެލުމަށް ކަމަށެވެ. 

ތޯރިގު ވިދާޅުވީ، ކައިރި ގައުމުތަކާއި ފަތުރުވެރިން އަންނަ ގައުމުތަކާއި އެއާލައިންތައް އޮޕަރޭޓްކުރާ ގައުމުތަކާއިއެކު މަޝްވަރާކުރަމުން އަންނަކަމަށެވެ. އެގޮތުން މިވަގުތު އެންމެ ވަރުގަދައަށް އޮޕަރޭޓްކުރާ އެއާލައިންއަކީ ޓާކިޝް އެއަރލައިންކަމަށާއި، ޓާކިޝް އެއާލައިންސްގެ އޮޕަރޭޝަން ވަރުގަދަކުރުމަށް އެ ގައުމުގެ ސަރުކާރާއިއެކު މަޝްވަރާކުރަމުންދާކަމަށެވެ. އަދި ބައެއް ގައުމުތަކުގެ އެމްބަސީތަކާއިއެކު މާކެޓްކުރާނެ ގޮތްތަކަށް ފޯކަސްކޮށްގެން މަސައްކަތް ކުރަމުންދާކަމަށް ތޯރިގު ވިދާޅުވި އެވެ. 

މި ދަނޑިވަޅުގައި ވުޒާރާއިން ނެރޭ އެންމެ ފަހުގެ އިރުޝާދުތަކަށް ސަމާލުވުމަށް ފަތުރުވެރިކަމާއި ބެހޭ ތޯރިގް ވަނީ ސިނާއަތުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ވަނީ އިރުޝާދުދެއްވާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު