ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ބައެއް ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް!
އައިމިނަތު ޝިޔާޒާ
26 އޭޕްރީލް 2026 - 10:59
0
comments
Tweet
Telegram
މި މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 27 ޕަސެންޓަށް ދަށަށް ގޮސް އަދި ބައެއް ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ވެސް ހިނގައްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ތެރޭ ރާއްޖެ އައިސްފައިވަނީ 758،753 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 791،368 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،775
ޓޫރިސްޓުން
ރާއްޖެ ޒިޔާރަތްކުރާ ކަމަށް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ.
ޓޫރިސްޓުން
ގެ އަދަދު ދަށަށް ދިޔަ ބައެއް ގައުމުތައް - އެޕްރީލް 22 ގެ ނިޔަލަށް
އިނގިރޭސިވިލާތް - 2026: 70،288| 2025: 84،191 - 16.5 ޕަސެންޓް ދަށަށް
އިޓަލީ - 2026: 63،144 | 2025: 71،517 - 11.7 ޕަސެންޓް ދަށަށް
ޖަރުމަނު - 2026: 51،113 | 2025: 61،149 - 16.4 ޕަސެންޓް ދަށަށް
އިންޑިއާ - 2026: 33،593 | 2025: 39،534 - 15 ޕަސެންޓް ދަށަށް
ފްރާންސް - 2026: 25،131 | 2025: 30،424 - 17.3 ޕަސެންޓް ދަށަށް
އެމެރިކާ - 2026: 19،502| 2025: 25،219 - 22.6 ޕަސެންޓް ދަށަށް
ސްވިޓްޒަލޭންޑް - 2026: 18،010 | 2025: 18،907 - 4.7 ޕަސެންޓް ދަށަށް
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ ފަތުރުވެރިންގެ 69.4 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ. އެއީ 516،255 ފަތުރުވެރިންނެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަނީ މަދުކޮށްފަ އެވެ. ބައެއް އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލާފައި އޮތްއިރު، ޔޫރަޕާއި އެމެރިކާ ސަރަހައްދުގެ ގިނަ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުގަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖެއަށް ޖުމްލަ 2.5 މިލިއަން
ޓޫރިސްޓުން
ގެނައުމެވެ. ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު މި އަމާޒަށް ވާސިލްވެވިދާނެ ކަމާ މެދު މިހާރު އޮތީ ސުވާލު އުފެދިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ގަޑިއިރު ކުރިން
0
25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމުތައް އިފްތިތާޙުކޮށްފި
11 ދުވަސް ކުރިން
0
ގަލްފް ހޮޓެލްސްއިން ކެއިރެޓްސޫއާ ގުޅިގެން ރާއްޖޭގައި ރިސޯޓެއް ހަދަނީ
1 މަސް ކުރިން
0
އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ސްޕެއިންގެ ރައްޔިތެއް
2 މަސް ކުރިން
0
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ކުރިއެރުމެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވަނީ
2 ގަޑިއިރު ކުރިން
0
ރާއްޖެ އެތެރެކުރި 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
2 ގަޑިއިރު ކުރިން
0
އިގްތިސާދީ ހިސާބުތައް ބަލައިލެވޭ ޕޯޓަލްއެއް ތައާރަފްކޮށްފި
43 މިނެޓް ކުރިން
0
އީސީން ބުނަނީ "ވަގަށް" ޕާޓީތަކަށް ވެއްދުން ހައްލުވެއްޖެ ކަމަށް!
3 ގަޑިއިރު ކުރިން
0