ވިޔަފާރި
ގަލްފް ހޮޓެލްސްއިން ކެއިރެޓްސޫއާ ގުޅިގެން ރާއްޖޭގައި ރިސޯޓެއް ހަދަނީ
ހޮސްޕިޓާލިޓީ ދާއިރާގައި، ބަހްރެއިންގައި އެންމެ ބޮޑު އެއް ކުންފުނި ގަލްފް ހޮޓެލްސް ގްރޫޕް (ޖީއެޗްޖީ) އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ގަލްފު އިންސައިޑާ ނޫހުން ބުނެފައި ވަނީ ޖީއެޗްޖީގެ ރިސޯޓު ތަރައްގީ ކުރަނީ ކ. އަތޮޅުގައި ކަމަށެވެ. ނަމަވެސް ރިސޯޓު ތަރައްގީ ކުރާ ރަށެއް އެ ނޫހަކުން ނުބުނެ އެވެ. 

ޖީއެޗްޖީގެ ސީއީއޯ އަހުމަދު ޖަނާހީ ވިދާޅުވީ، މިއީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދަށް އެ ކުންފުނީގެ ހިދުމަތްތައް ފެށުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖެ ފަދަ މަޝްހޫރު މަންޒިލެއްގައި ޖީއެޗްޖީގެ ރިސޯޓެއް ތަރައްގީ ކުރުމުން އެ ކުންފުންޏަށް ވެސް އިތުރު ފައިދާތައް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް ފަންސާހަކަށް އަހަރު ވެފައިވާ އެ ކުންފުނިން މިހާރު ވެސް އަންނަނީ ބަހްރެއިން އާއި ޔޫއޭއީ އާއި އެފްރިކާގެ ގައުމުތަކުގައި ވެސް ގިނަ އަދަދެއްގެ ރިސޯޓާއި ހޮޓާތައް ހިންގަމުންނެވެ.

ރާއްޖޭގައި ތަރައްގީކުރާ އެ ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑަކާ ގުޅިގެންނެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.

ގަލްފް ހޮޓެލްސް ގްރޫޕަކީ ހޮސްޕިޓާލިޓީ ދާއިރާގައި 50އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. ޖީއެޗްޖީގެ އެންމެ މަޝްހޫރު ހޮޓަލީ ބަހުރެއިނުގައި ހިންގާ ގަލްފު ހޮޓެލް ބަހުރެއިން އެވެ. އެއީ 361 ކޮޓަރީގެ ފަސް ތަރީގެ ހޮޓަލެކެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު