ވިޔަފާރި
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ކުރިއެރުމެއް
މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މީގެ ކުރިން ދަށްވި ނަމަވެސް މިމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 923،984 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 962،242 ފަތުރުވެރިންނަށްވުރެ ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމު

  • ޗައިނާ - 141,339 ފަތުރުވެރިން
  • ރަޝިއާ - 121,826 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 79,473 ފަތުރުވެރިން
  • އިޓަލީ - 68,906 ފަތުރުވެރިން
  • ޖަރުމަނު - 60,591 ފަތުރުވެރިން
  • އިންޑިއާ - 50,747 ފަތުރުވެރިން
  • ފްރާންސް - 28,441 ފަތުރުވެރިން
  • އެމެރިކާ - 23,040 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 20,511 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 19,796 ފަތުރުވެރިން
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ހާއްސަކޮށް މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިދާއިރާގެ ތަޖުރިބާ އަންނަނީ ބުނަމުން ނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު