ރާއްޖެ އަށް މި އަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ސްޕެއިންގެ ރައްޔިތަކު ހޮވިއްޖެ އެވެ.
އެއް މިލިއަން ވަނަ ޓޫރިސްޓަކީ ސްޕެއިނަށް ނިސްބަތްބާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާ އެވެ. އޭނަ ރާއްޖެއަށް އައީ ބައިވެރިޔާއާ އެކު ގަތަރު އެއާވޭސްގެގަ އެވެ.ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް އަލްފާޟިލް މުހައްމަދު އަމީން އާއި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝިއުރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް އިބްރާހިމް ޝަރީފް މުޙައްމަދު އާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮޕް ޕޮލިސް (ރިޓަޔާރޑް) އަލްފާޟިލް އަހުމަދު ފަސީހު ބައިވެރިވެވަޑައިގެން، ފަތުރުވެރިޔާއަށް ހަނދާނީ ލިޔުމާއި ހަދިޔާ ވަނީ އަރުވާފަ އެވެ.މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެކު އެ ސަރަހައްދުގެ ވައިގެ މަގުތައް ބަންދުވެ، ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބުރޫއަރާ، ދިމާވި އެތައް ގޮންޖެހުންތަކަކާ އެކުވެސް، މިދިޔަ އަހަރާ ދާދި އެއް މުއްދަތެއްގެ ތެރޭގައި 1 މިލިއަން ފަތުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވެވުމަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ވެސް ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި މި ސިނާއަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ކާމިޔާބީ ރަމްޒުކޮށްދޭ ހެއްކެކެވެ.ސަރުކާރުގެ އަމާޒަކީ މި އަހަރު 2.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.