ޚަބަރު
ގިރިިފުށީގެ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި
ސިފައިންގެ ތަމްރީނުތައް ކުރިއަށްގެންދާ ކ. ގިރިފުށީގައި ބިން ހިއްކުމާއި ބިން ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއެއް އިއްޔެ ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި. އެ މަޝްރޫއުގައި ހިމެނޭ ބިން ހިއްކުމާއި ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ގާއިމްކުަރަން އޮތީ ޕްލޭންކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރާނެ ކަމަށެވެ. އެއާއެކު ގިރިފުށީގައި ހިންގާ ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ މަޝްރޫއަކީ ސިފައިންގެ ގާބިލުކަން އިތުރުކުރަން ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުހައްމަދު މުއިއްޒު، ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް އެކަށައެޅުއްވި އެންމެ މުހިއްމު ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

އެއީ އެމްއެންޑީއެފަށް ބޭނުންވާ ތަމްރީންގެ ވަސީލަތްތައް ގާއިމްކޮށް، ސިފައިންގެ ހުނަރާއި ގާބިލުކަން އިތުރުކޮށްދެއްވަން ރައީސް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ފެށި އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. 

 
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު