ވިޔަފާރި
ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފި އެވެ.

ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައި، ފުރަތަމަ ފްލައިޓް އިއްޔެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ އެ ފްލައިޓަށް ވޯޓާ ސެލިއުޓެއް ދީފަ އެވެ. އަދި ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ފިނިފެންމަލުން މަރުހަބާ ކިޔާފައިވެ އެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޒާއި މާލެއާ ދެމެދު ފްލައިނަސް އިން ކުރާ ސީދާ ދަތުރުތައް ހަފުތާއަކު ތިން ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުން ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު