ދުނިޔެ
ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު އަވަހާރަވެއްޖެ
ގަތަރުގެ ކުރީގެ އަމީރު، އަދި އެ ގައުމުގެ ފަސްމަންޒަރު ބަދަލުކޮށް އެ ގައުމު ސަރަހައްދީ ވަރުގަދަ ބާރަކަށް ހެއްދެވި ލީޑަރު، އުމުރުން 74 އަހަރުގައި އަވަހާރަވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުގެ އެންމެ މަތީ އިދާރާ، އަމީރީ ދީވާނުން މިއަދު ބުނެފި އެވެ.

ޝައިޚް ހަމަދަކީ ޒަމާނީ ގަތަރު ބިނާކުރުމުގެ އެންމެ މުހިންމު އެއް މޭސްތިރިޔާ އެވެ. އޭނާ ވަނީ ގަތަރަށް އާދަޔާ ހިލާފް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައިފަ އެވެ. 

"މާތްﷲގެ މިންވަރުފުޅަށް ރުހިގެންވާ ހާލު، އިއްޒަތްތެރި އަމީރު ޝައިޚް ހަމަދު ބިން ޚަލީފާ އާލް ސާނީ، މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވިކަން އިއުލާނުކޮށް، މުޅި އުންމަތަށް ލިބުނު ބޮޑު ގެއްލުމާއި ހިތާމަ ފާހަގަކުރަމެވެ. މާތްﷲ އެމަނިކުފާނަށް ރަޙުމަތްލައްވާށިއެވެ." އަމީރުގެ އޮފީހުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައިވެ އެވެ.

ޝައިހް ހަމަދަކީ ރާއްޖެއަށް ވެސް އެކި ދާއިރާތަކުން އެތައް އެހީއެއް ދެއްވި ބޭފުޅެކެވެ. މިސްކިތްތައް އިމާރާތްކުރުމާއި މަރާމާތުކުރުމުގެ މަޝްރޫއުތައް ހިންގަވާފައިވެ އެވެ. ލ. ގަމުގައި ހުންނަ ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ (ހަމަދު ސްކޫލް) އަކީ މިފަދަ އެހީތަކުގެ ތެރެއިން ފާހަކޮށްލެވޭ ތަނެކެވެ.

މިއަދު ގަތަރަކީ މެދުއިރުމަތީގައި އެމެރިކާގެ ބައިވެރިއެކެވެ. އެ ގައުމަކީ 2.5 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ކުޑަ ގައުމެއް ނަމަވެސް، އެއީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ގުދުރަތީ ގޭސް (LNG) އެކްސްޕޯޓްކުރާ ގައުމެވެ. އަދި މިއީ ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކުގެ ވަރުގަދަ ބާރެއްގެ އިތުރުން، މެދުއިރުމަތީގެ ސިޔާސީ މަސްރަހުގައްޔާއި ބައިނަލްއަގުވާމީ މީޑިއާގައި ވެސް ނުފޫޒު ގަދަ ބޮޑު ބާރެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު