ޚަބަރު
ހޯރަފުށިން އެންމެ ގޮނޑިއެއް ވެސް ޕީއެންސީއަށް ނުލިބުނު!
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހއ. ހޯރަފުށީގެ ހުރިހާ ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަށް ރައްޔިތުން ދީފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހޯރަފުށީ ކައުންސިލްގެ ފަސް ގޮނޑި ވެސް ނެގީ އެމްޑީޕީންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑިއާއެކު ޖުމްލަ 10 ގޮނޑި ވެސް ނެގީ އެމްޑީޕީންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ހޯރަފުށިން އެއްވެސް ގޮނޑިއެއް ޕީއެންސީއަށް ނުލިބެ އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސަކަށް އިންތިހާބުވީ މުހައްމަދު އަސްފާމް އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސަކަށް އިންތިހާބުވީ އާފިޔާ މުހައްމަދު އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ އެމްޑީޕީ އެވެ. ދިވެހިރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. 

މިހާރު ހިނގަމުންދާ ހޯރަފުށީ ކައުންސިލްގެ މެޖޯރިޓީ އަކީ ވެސް އެމްޑީޕީ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
60%
13%
13%
13%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު