ޚަބަރު
އެމްޑީޕީ ތެރޭގައި އުފެދުނު މައްސަލަ އަށް ހައްލު ހޯދިއްޖެ: ސޯލިހު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކަށްފަހު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތައް މިހާރު ހައްލުކޮށް، ޕާޓީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން އިބޫގެ އުފަންރަށް، ޅ.ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި ޖެހުނު މައްސަލައަށް ހައްލެއް ހޯއްދަވަން އެ ޕާޓީގެ ހުރިހާ ލީޑަރުން މަޝްވަރާކޮށް މަސައްކަތް ފެށި ކަމަށެވެ. މިފަހަރު ވެސް ދިމާވީ އެމްޑީޕީގެ އެތޭރައި އަބަދުވެސް ދިމާވާ ކަހަލަ މައްސަލައެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެ ދުވަހުން ފެށިގެން އަޅުގަނޑުމެން އެކަމާ ދޭތެރޭގައި މަޝްވަރާނުކޮށް، ވާހަކަނުދައްކައެއް ނޫން މިތިބީއެއް. މީގެ ދެ ދުވަސް ކުރިން މި ޖެހުނު މައްސަލައާ އެކީ ގައި އަޅުގަނޑުމެން ހުރިހާ ލީޑަރުން، ޕާޓީގައި އިސްކޮށް މިތިބި މީހުން މިދަނީ މަޝްވަރާކޮށް، މިއަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން،" އިބޫ ވިދާޅުވި އެވެ.


އިބޫ ވަނީ 2028 ވަނަ އަހަރު ރާއްޖޭގައި އުފެދޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި އެކަން ހާސިލުކުރުމަށް ޕާޓީގެ ހުރިހާ ލީޑަރުން އެކުގައި ހިމެނޭ ގޮތަށް ރޭވިގެން މަސައްކަތް ކުރާތަން ޕާޓީގެ އާންމު މެމްބަރުންނަށް ދެން ފެނިގެންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދުނުއިރު، މީގެ ކުރިން ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން އުފެދި ޕާޓީ ބައިބައިވެގެން ގޮސްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު