ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން އެ ގޮނޑި މީގެކުރިން ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާން ނިންމަވައިފި އެވެ.
ސިނާން، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބައި-އިލެކްޝަންގައި ކާމިޔާބީއާ ހަމައަށް ދިއުމަށް ޕީއެންސީގެ މެމްބަރުންންގެ ފުރިހަމަ ތާއީދާއި އިހުލާސްތެރި އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ.
އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރީ ސާބިތު ދަރަންޏެއް އޮވެ، ފައިސާ ނުދެއްކުމުންނެވެ.މި ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮތީ 6 ޖޫންގަ އެވެ.މި ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ކަނޑައަޅަން އޮންނަ ޕްރައިމަރީއަށް ކުރިމަތިލާން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.ނަމަވެސް ޕްރައިމަރީ ބާއްވާނީ ޕާޓީގެ އެތެރޭގައި އޮންނަ އިންތިހާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ އެކަކަށް ވުރެ ގިނަ މީހުން ތިބި ނަމަ ކަމަށް ޕީއެންސީން ބުންޏެވެ.ޕްރައިމަރީ ބާއްވަން ޖެހޭ ނަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޭޕްރީލްގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމަޔަށެވެ.