ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރަށް 12 ޑިމާންޑެއްކޮށް، އެމްޑީޕީން އިހުތިޖާޖުކުރަން ނިންމައިފި
ހުސެން ރަޝީދު
15 އޭޕްރީލް 2026 - 10:06
0
comments
Tweet
Telegram
ސަރުކާރުގެ ސިޔާސަތުތަކާއި މިހާރު ސަރުކާރުން ހިންގަމުންދާ ބައެއް ކަންކަމުގެ ތެރެއިން 12 ކަމެއް އިސްލާހުކުރަން ގޮވާލައި ސަރުކާރާ ދެކޮޅަށް އިހުތިޖާޖުތަކެއް ފަށަން އެމްޑީޕީން މިރޭ ނިންމައިފި އެވެ.
އެމްޑީޕީން ސަރުކާރަށް ކުރި 12 ޑިމާންޑު:
މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ބާތިލުކޮށް، ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް އެ ބާރު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ރުޖޫއަކުރުން.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތައް މުރާޖައާކޮށް، ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ހުރި ކަންކަން އިސްލާހުކޮށް ނިޒާމު ހަރުދަނާކުރުން.
ރައްޔިތުންގެ ތާއީދާއެކު އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކޮމިޓީއަކުން ނިންމާ ނިންމުމަކުން ނުވަތަ މަޖިލީހުގައި ވޯޓުދޭ ގޮތަކުން މެންބަރުކަމުން ވަކިކުރެވޭ ގޮތަށް އޮތް އޮތުން ބާތިލުކޮށް، މެންބަރުންގެ ގާނޫނީ މިނިވަންކަން ކަށަވަރުކުރުން.
ލާމަރުކަޒީ ނިޒާމުގެ ބާރުތައް ހަނިވާ ގޮތަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ބާތިލުކޮށް، ކައުންސިލްތަކަށް އިދާރީ އަދި މާލީ ފުރިހަމަ މިނިވަންކަން ލިބިދެވޭނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެނައުން.
ސަރުކާރުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން. މީގެ ތެރޭގައި އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިންތިހާއަށް މީހުން އައްޔަންކުރުމާއި، ބިޑަކާ ނުލައި ހަވާލުކޮށްފައިވާ ބޮޑެތި މަޝްރޫއުތަކުގެ އިތުރުން، އެޗްޑީސީ މެދުވެރިކޮށް ގާނޫނާ ހިލާފަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގުކޮށް، ވީ އެންމެ އަވަސް ފުރުސަތެއްގައި ޝަރީއަތަށް ފޮނުވުން.
ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ ފަރާތްތަކުގެ އަދަދު ހާމަކޮށް، ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދާއި، ޕްރޮމޯޝަން ދިން މީހުންގެ އަދަދާއި އެ ފަރާތްތަކުގެ ތަފްސީލް ހާމަކުރުން.
ތެލުގެ އަގުބޮޑުވުމުގެ ސަބަބުން އިގްތިސޯދީ ސިނާއަތްތަކަށް، ހާއްސަކޮށް މަސްވެރިކަމުގެ ސިނާއަތަށް ބުރަވަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް ތެލުގެ އަގު ސަބްސިޑައިޒްކޮށް މަސްވެރިންނަށް ލިބޭނޭ ގޮތް ހަމަޖެއްސުން.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހުކުރާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އަމަލުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުންގެ މަގާމުގައި ތިބި ފަރާތްތައް ވަކިކޮށް، އެ މުއައްސަސާތަކުގެ މިނިވަންކަމާއި އިތުބާރު ދެމެހެއްޓޭނެ ފަދަ ގާބިލު ފަރާތްތައް އެ މަގާމުތަކަށް އިސްކުރުން.
ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފަހައްޓައި، އަސާސީ ހިދުމަތްތަކުގެ އަގު އުފުލުނު ނުދީ ހިފެހެއްޓުމާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިސްރާފު މަދުކުރުމަށް އިސްކަންދިނުން. އަދި މިހާރުގެ އިގްތިސޯދީ ހާލަތާ ގުޅޭ ސައްހަ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން އަވަސްކުރުން.
ގައުމުގެ އިސްލާހީ ދަތުރު ހަރުދަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ކަނޑައެޅުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ހާއްސަ ކޮމިޓީއެއް އެކުލަވާލުން. އަދި އެ ކޮމިޓީގެ މަޝްވަރާގެ މަތިން މެނުވީ ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ގޮތަށް ނިޒާމު ތަރުތީބުކުރުން.
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކޮށް އަމާނާތްތެރިކަމާއެކު ރައްދުކޮށްދޭންޖެހޭ ގައުމީ ތަރިކައަކަށްވީހިނދު، ތިމާވެއްޓަށް ކުރާނެ އަސަރު އެކަށީގެންވާ ގޮތެއްގައި ވަޒަންކުރުމެއް ނެތި ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓުމަކަށް ގެނައުން. އަދި ތިމާވެށީގެ އީއައިއޭ ރިޕޯޓްތަކަށް ރިއާއަތްކުރުމެއް ނެތި ދޫކޮށްފައިވާ ހުއްދަތައް މުރާޖައާކޮށް، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ މިނިވަންކަމާއި ބާރު ކެނޑޭ ގޮތަށް އިދާރީ ނިޒާމަށް ގެނެސްފައިވާ ބަދަލުތައް އުވާލައި، ތިމާވެށި ހިމާޔަތްކުރުމުގެ ފުރިހަމަ ގާނޫނީ ބާރުވެރިކަން އެ މުއައްސަސާއަށް އިޔާދަކޮށްދިނުން.
"މި ކަންކަން އިސްލާހުކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި، ދިވެހި ރައްޔިތުންގެ ހައްގުގައި އިހުތިޖާޖު ފެށުމަށް މި ޕާޓީން ނިންމި ވާހަކަ ހާމަކުރަން،" އިސްލާހުކުރަން ގޮވާލާ ކަންކަން އިއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ނި
މިދިޔަ ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް އިތުބާރެއް ނެތް ކަމަ
ށް ރައްޔިތުން ބުނެފައިވާތީ، ގައުމު އިސްލާހީ މަގަށް ރުޖޫއަކުރަން އިސްލާހީ ފިޔަވަޅުތަކެއް މިހިނދުން މިހިނދަށް އެޅުން މުހިންމު ކަމަށެެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ ރައީސް މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވައި، އަވަސް އިންތިހާބެއް ބާއްވަން ގޮވާލައްވާފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ގަޑިއިރު ކުރިން
0
އަޅުގަނޑު އަބަދުވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ: ރައީސް ނަޝީދު
14 ގަޑިއިރު ކުރިން
0
އެހެންކަމަކާއި ވިސްނާނީ ވެސް މި ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު
4 ދުވަސް ކުރިން
0
އެމްޑީޕީ ޗެއާޕާސަން އިންތިހާބު އަންނަ ޖޫން 12ގައި
4 ދުވަސް ކުރިން
0
ރޭގެ އެއްވުން ކޮންޓްރޯލް ކުރަން ބާރުގެ ބޭނުންނުކުރަން: ފުލުހުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އާޒިމްއަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
3 މިނެޓް ކުރިން
0
އަޅުގަނޑު އަބަދުވެސް ވާދަކުރަނީ އިދިކޮޅު ޕާޓީއާ: ރައީސް ނަޝީދު
1 ގަޑިއިރު ކުރިން
0
މެންޓަލް ހެލްތު ޑިޕާޓްމަންޓަށް މުވައްޒަފުން ހޯދަނީ
1 ގަޑިއިރު ކުރިން
0
ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށައިފި
2 ގަޑިއިރު ކުރިން
0