ވިޔަފާރި
ދިވެހި ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް!
ފޮޓޯ: ދައުރު
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް 500 މިލިއަން ޑޮލަރަށް ވުރެ  ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް އެ ދާއިރާގެ ޖަމިއްޔާތަކުން މިއަދު ހާމަކޮށްފި އެވެ.

އެ ދެ ޖަމްއިއްޔާ ގުޅިގެން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިހާރުގެ އެރައިވަލް ޓްރެންޑުތަކާއި ބުކިން ޕެޓާންސް އަދި ކެންސަލޭޝަންއަށް ބަލާއިރު ޓޫރިޒަމަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާކަމަށް ލަފާކުރެވޭ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަމާ އެކު ވަޒީފާގެ ބާޒާރާއި ބޭރު ފައިސާގެ އާމްދަނީގެ އިތުރުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކާއި ގައުމުގެ އިގްތިސޯދަށް ސީރިއަސް ނުރައްކާ ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މަޓާޓޯ އާއި ގެސްޓްހައުސް އެސޯސިއޭޝަނުން ބުނީ:

  • މިހާރުގެ ހާލަތަށް ބަލާއިރު ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގޮންޖެހުންތައް ގިނަ

  • ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންނަށް އަދި ޓޫރިޒަމާ ގުޅުން ހުރި އެހެން ވިޔަފާރިތަކަށް ވެސް ގެއްލުން ބޮޑު

  • ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ ބޮޑު ހިއްސާއަށް ވާއިރު ވިޔަފާރިތަކަށް ކުރާ އަސަރުތަކާ އެކު ގެސްޓްހައުސްތަކާއި ޓްރެވަލް އެޖެންސީތައް ބަންދުކުރަންޖެހޭ ހާލަތެއް އަތުވެދާނެ

ގެސްޓް ހައުސް އެސޯސިއޭޝަނާއި މަޓާޓޯ އިން ބުނީ، މިހާރު މި އޮތް ހާލަތު ރަނގަޅު ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އިންޓަރެސްޓް ފްރީ މޮރޮޓޯރިއަމް ލޯން ދިނުމާއި މިހާރު ހުރި ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް އެހީތެރިވެދީ، ޓެކްސް ދެއްކުން ފަސްކޮށްދިނުމާއި ފީތައް އަދި ކޯޓާފީ މައާފު ކޮއްދިނުމަށް ސަރުކާރާއި މާލީ އިދާރާތަކުން ވީ އެންމެ އަވަހަށް އެހީތެރިވާން ޖެހޭ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީ ފަހުކޮޅު ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަަ ފަތުރުވެރިންގެ އަދަދު ވަނީ %5.4 ދަށްވެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ 9 ދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %13 ދަށްވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު