ޚަބަރު
ނޫސްވެރިޔާ ޝަހްޒާން ވެސް ކޯޓަށް ހާޒިރުކުރަނީ
އަދަދު ނޫހުގެ ނޫސްވެރިޔާ ޝަހުޒާން: އޭނާ ވެސް މާދަމާ ކޯޓަށް ހާޒިރުވާން ވަނީ އަންގާފައި
"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، އެކަމާ ގުޅުވައިގެން ސުވާލުކުރި މައްސަލާގައި އަދަދު ނޫސްވެރިޔާ މުހައްމަދު ޝަހުޒާން މާދަމާ ކޯޓަށް ހާޒިރުވާން އަންގަައިފި އެވެ.

ޝަހުޒާން ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު 13:00 އަށެވެ.

ޝަހުޒާނަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ބުނެފައިވަނީ ޝަރީއަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގާ ކުރާ އަމުރު ނެރެފައިވަނިކޮށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލުތަކާއި ދެއްކި ވާހަކަތަކަކީ، ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ދެއްކި ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ ކޯޓުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

މި މައްސަލަ ބެލުމަށް ނިންމާފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ ގެ ދަށުން ކަމަށް ޗިޓުގައިވެ އެވެ.

ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް ޝަހުޒާން ކޯޓަށް ހާޒިރުވުމަށް އެންގިއިރު، ކްރިމިނަކް ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން އެ ނޫހުން ހަބަރު ގެނެސްދިން ގޮތުން، އެ ހަބަރު ލިޔުނު ނޫސްވެރިޔާ ލީވާލް އަލީ ނަސީރު ވެސް މާދަމާ ކޯޓަށް ހާޒިރުވާން އޮތީ އަންގައިފަ އެވެ. 


މި މައްސަލާގައި ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާކުރިއިރު، އެ ދެ މީހުންގެ އިތުރުން ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އީޝާ އަޝްރަފް ވެސް ތަހުގީގަށް ބަޔާން ދޭން ވެގެން ފުލުހަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އީޝާގެ މައްޗަށް ވެސް ގަޒުފު ކުރުމުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އަދި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ. އެ ތިން މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު