ޚަބަރު
ރައީސް މުއިއްޒުގެ ތާއީދު 5 ޕަސެންޓަށް ދަށްކޮށްލާނަން: ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ފަސް ޕަސަންޓަށް ދަށްކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ގދ. ތިނަދޫގައި ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެނުނު ފަދަ ސިފަތަކެއް ފެންނަމުންދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާނީ 160،000 ވޯޓު ކަމަށެވެ. އެއަދަދު އިތުރަށް މަސައްކަތް ކޮށްގެން އެމްޑީޕީއަށް ހޯދޭނެ ކަމަށާއި އަދި އޭގެފަހުގައި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ރައީސް މުއިއްޒަށް އިންޒާރު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު މާބޮޑަށް އަތްފުޅާވެގެން ނޫޅުއްވުމަށެވެ. އެމަނިކުފާނު "ސައިޒުގައި" ހުންނެވުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"ތިބޭފުޅާ ފަސް ޕަސެންޓަށް އަޅުގަނޑުމެން ތިރިކޮށްލާނަން،" ނަޝީދު ވިދާޅުވި އެވެ. 

މީގެ ކުރިން ވެސް ނަޝީދު ވަނީ މި ސަރުކާރަށް އޮތް ތާއީދު ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ވެސް ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް ނަޝީދު ފާހަގަކުރައްވަ އެވެ.

އެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިގު (ސޯބެ)އެވެ. ސޯބެއަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީގެ ފަރާތުން އޭނާއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު