ޚަބަރު
މަރާމާތަށްފަހު ރަސްފަންނު މޫދަށް އެރޭ ސަރަހައްދު އާންމުންނަށް ހުޅުވާލައިފި
ރަސްފަންނު. މި ތަނުގެ މަރާމާތު ނިންމައި މިއަދު ހުޅުވައިފި .-- ފޮޓޯ: ހައުސިން މިނިސްޓްރީ
މަރާމާތުކުރަން ބަންދުކުރި ރަސްފަންނު ބީޗު ދެ މަސް ދުވަހަށް ފަހު މިއަދުން ފެށިގެން އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

ރަސްފަންނު ވަރަށް ބޮޑަށް ގިރައިގެން ދިއުމާއި އެ ތަނުގައި ބަހައްޓާފައި ހުރި ހަޓުތައް ހަލާކުވެފައި ހުންނާތީ، އެ ސަރަހައްދު ރަނގަޅަށް ބޭނުން ނުކުރެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. 

އެ ތަން މަރާމާތުކުރަން ސިޓީ ކައުންސިލުން ކުރިން މަސައްކަތް ފެށި އެވެ. ނަމަވެސް، ފަހުން އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެކަމާ ހަވާލުވީ އެވެ.

ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން މޫދަށް އެރުމަށާއި ހިތްފަސޭހަކޮށްލުމަށް އާންމުކޮށް ގޮސްއުޅޭ މުހިންމު މައިދާނެކެވެ. ނަމަވެސް މީގެ ކުރިން ފެން ދައުރުނުވުމާއި، ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ފެން ތަގައްޔަރުވެ، ގިނަ ފަހަރު މޫދަށް އެރުން މަނާކުރަން ޖެހުނެވެ. އަދި އެ ސަރަހައްދު ވަރަށް ބޮޑަށް ގިރައިގެން ގޮސް، އެތާނގައި ބަހައްޓާފައި ހުރި ހަޓުތައް ހަލާކުވެ، ބައެއް އުމްރާނީ ވަސީލަތްތަކަށް ވެސް ގެއްލުންވެފައި ހުއްޓެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު