ޚަބަރު
ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން ރައީސް މީދުއަށް ވަޑައިގެންފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދ. މީދޫއަށް މިއަދު ހަވީރު ވަޑައިގެންފި އެވެ.

އިއްޔެ ނެގި ވޯޓުން ޕީއެންސީ މޮޅުވީ އެމްޑީއޭގެ ކެންޑިޑޭޓާ ވާދަކޮށްގެންނެވެ. ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،049 މީހުންގެ ތެރެއިން 985 މީހަކު ވޯޓުލި އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން 529 ވޯޓާ އެކު އެ ގޮނޑި ސުހާ ކާމިޔާބުކުރިއިރު އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނީ 449 ވޯޓެވެ.

އެ ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވިއިރު މީދޫއަކީ މެޑަމް ސާޖިދާ މުހައްމަދުގެ މަންމަ ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. އަދި އެ ގޮނޑި ކާމިޔާބުކުރުމަށް އެ ރަށުގައި ބޭއްވި ގިނަ ކެމްޕެއިން ހަރަކާތްތަކުގައި މެޑަމް ބައިވެރިވެވަޑައިގަތެވެ.

ދ. މީދޫގައި މިރޭ ބާއްވާ ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު