ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޕީސީބީގެ ރައީސްއަކަށް އައްޔަންކުރެއްވި ނިޒާރަށް ރުހުން ހޯދުމަށް މަޖިލީހަށް
އިބްރާހިމް އިމާދު
17 ޖޫން 2026 - 14:53
0
comments
Tweet
Telegram
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރެއްވި މުހައްމަދު ނިޒާރަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ޕީސީބީގެ ރައީސަކަށް މުހައްމަދު ނިޒާރު އައްޔަންކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ފޮނުވާފަ އެވެ.
ނިޒާރު ވަނީ 2014 އިން 2019 އަށްވެސް ޕީސީބީ ގެ ރައީސްކަމުގެ މަގާމު ފުރުއްވާފަ އެވެ. މީގެ އިތުރުން ނިޒާރު ވަނީ އެސްޓީއޯގެ އިސް މަގާމުތަކުގައި 14 އަހަރު ހިދުމަތް ކުރައްވާފަ އެވެ.
ނިޒާރަކީ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކޯޕަރޭޓް ގަވަނަންސް އާއި ދައުލަތުގެ ކުންފުނިތައް ހިންގުމާ ގުޅޭ ބައިނަލްއަޤުވާމީ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި މަތީ ފަންތީގެ ފޯރަމްތަކުގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ޔޫސުފް ވަހީދު އެޗްޑީސީގެ ބޯޑުން ވަކިކޮށްފި
2 މަސް ކުރިން
0
ޕީސީބީގެ ރައީސްކަމަށް އެ ބޯޑުގެ ކުރީގެ ރައީސް ނިޒާރު އަލުން އައްޔަންކޮށްފި
2 މަސް ކުރިން
0
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް ހަތަރު މެންބަރުން
2 މަސް ކުރިން
0
ޕީސީބީގެ މެމްބަރުކަމުން ފަތުހީ އިސްތިއުފާ ދެއްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިޔާސީ މީހުންގެ މުސާރަ މިވަގުތު ބޮޑުކުރަން އިގުތިސާދު ތަނެއް ނުދޭ: ޝުޖާއު
2 ގަޑިއިރު ކުރިން
0
މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ގޭސް ވިއްކާ އަގު ބޮޑުކޮށްފި
2 ގަޑިއިރު ކުރިން
0
ދިރާގާއި ވަށްމާފުށީގެ ފަރާތުން ދޭ ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
34 މިނެޓް ކުރިން
0
ޕީސީބީގެ ރައީސްއަކަށް އައްޔަންކުރެއްވި ނިޒާރަށް ރުހުން ހޯދުމަށް މަޖިލީހަށް
5 ގަޑިއިރު ކުރިން
0