ވިޔަފާރި
ދިރާގާއި ވަށްމާފުށީގެ ފަރާތުން ދޭ ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށް ގެންދިޔަ "ވަށްމާފުށި ޒިޕްލައިން އެޑްވެންޗާ" ގިވްއަވޭ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިދިޔަ އޭޕްރިލް މަހުގެ 28އިން މިދިޔަ މެއި މަހުގެ 31އަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެ ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށް ވެސް އިތުރު މީހަކާއެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިންނަކީ:

1. @Salwakamari_

2. @Hamdhoon.ibraahim

3. @She.Hero

ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފި އެވެ.

މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް، ވަށްމާފުށީގެ ހިދުމަތްތަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ކަސްޓަމަރުން ބުކިންގް ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ. 

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު