ދިރާގު ފިންޓެކްއިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފާ ލިބިގެންދާނީ މާފަންނު، އަދި ހުޅުމާލޭ ފޭސް 1 ޕިއްޒާ ބޯނާއިންނެވެ.
މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން، އަދި ކޮންމެ އައުޓްލެޓަކުން ވެސް އޯޑާ ކުރާ ފުރަތަމަ 500 ކަސްޓަމަރުން އެންމެ ރުފިޔާއަކަށް ޕިއްޒާ ލިބިގެންދާނެ އެވެ. ހަމައެކަނި ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް، އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމަށްފަހު ބައިވެރިވެވޭނެ އެވެ.ފުޓުބޯޅަ މޫސުމާ ގުޅުވައިގެން ދިރާގު ފިންޓެކްއިން ތައާރަފުކުރި މި ޕްރޮމޯޝަނަކީ ފުޓްބޯޅައިގެ މި ފޯރިގަދަ ދުވަސްވަރު އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް ކަސްޓަމަރުންނަށް ފަހިކޮށްދޭ ރަނުގެ ފުރުސަތެއްކަން ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުން ބުނި ގޮތުގައި މިއީ މީގެ ކުރިން ދިރާގު ފިންޓެކުން ވިޔަފާރި ބައިވެރިންނާ ގުޅިގެން ކުރިއަށް ގެންދިޔަ "1 ރުފިޔާ" ގެ ޕްރޮމޯޝަންތަކަށް ލިބުނު ބޮޑު ތަރުހީބާއި ކާމިޔާބީއަށް ބިނާކޮށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.
މި ޕްރޮމޯޝަންތަކަކީ މުޅި ރާއްޖޭގައިވެސް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަރަކާތްތަކެކެވެ. އެ ގޮތުން ދިރާގުން މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވެ އެވެ.
އެ ކުންފުނިން ބުނީ މިއީ މީގެ ކުރިން ދިރާގު ފިންޓެކުން ވިޔަފާރި ބައިވެރިންނާ ގުޅިގެން ކުރިއަށް ގެންދިޔަ "1 ރުފިޔާ" ގެ ޕްރޮމޯޝަންތަކަށް ލިބުނު ބޮޑު ތަރުހީބާއި ކާމިޔާބީއަށް ބިނާކޮށް ފަރުމާކޮށްފައިވާ ހަރަކާތެއް ކަމަށެވެ. އެ ޕްރޮމޯޝަންތަކަކީ މުޅި ރާއްޖޭގައިވެސް ކަސްޓަމަރުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހަރަކާތްތަކެއްކަން އެ ކުންފުނިން ފާހަގަކުރި އެވެ.އެފަދަ މަސައްކަތްތަކުގެ ޒަރީއާއިން ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް ފައިދާހުރި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަދަހި ގުޅުމެއް ދެމެހެއްޓުން ކަމަށް ދިރާގުން ބުންޏެވެ.