ޚަބަރު
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުން ވަނީ ގޮންޖެހުމަކަށް: މިނިސްޓަރު އަމީން
ޓޫރިޒަމް އަދި ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ މިވަގުތު އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އޮޕަރޭޝަނަލް ހަރަދުތަކާ އަޅާބަލާއިރު ދަތުރުކުރާ މީހުން އެވަރަށް ނެތް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އޭނަ ވިދާޅުވީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓުގެ އަގުހެޔޮ ކުރަން ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އައިލެންޑް އޭވިއޭޝަނުން ބޭނުންކުރާ އޭޓީއާރު މަތިންދާބޯޓްތައް އޮޕަރޭޓް ކުރަން ހިނގާ ހަރަދު ބޮޑުވުން ކަމަށެވެ.

މީގެ އިތުރުން މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން ތެލަށް ކުރަން ޖެހޭ ހަރަދު ވެސް ބޮޑުވުމަކީ ޓިކެޓްގެ އަގު ހެޔޮކުރަން ހުރި ގޮންޖެހުންތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ކުރަން ޖެހޭ ހަރަދުތަށް ބަލާ އިރު ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް އަގު ނިސްބަތުން ބޮޑު ނޫން ކަމަށެވެ.

"އެއާލައިންތަކުން ގާތްގަނޑަކަށް 30 ނޫނީ 40 ޕަސެންޓް ޓިކެޓް ފެއާ މައްޗަށް ގޮސްފި [ހަނގުރާމައާއި ގުޅިގެން]." އަމީން ވިދާޅުވި އެވެ.

"ރާއްޖޭގައި ދަތުރުފަތުރުގެ  ނިޒާމުަގައި، ހާއްސަކޮށް ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި ، މާސް ނޫނިއްޔާ ބޮޑު އަދަދު އެ އޮންނަން ޖެހޭ [ވަރަށް]، އެފިޝަންޓް އޮޕަރޭޝަނަށް އޮންނަން ޖެހޭ އަދަދަށް، ރައްޔިތުން ނޫނިއްޔާ މީހުން، ނޫނީ ދަތުރުކުރާ ޕެސެންޖަރުންގެ އަދަދު ނެތީމާ މި އަންނަ ޗެލެންޖަސް މި ހުންނަނީ އިނގޭތޯ. އެއީ ހަގީގަތަކީ، ޓިކެޓްގެ އަގު ދަށްކުރުމަކީ ވަރަށް ޗެލެންޖިން މަސައްކަތަަކަށް ހަމަ އެއްޗެސް ފަރާތަކަށް [ކޮންމެ ފަރާތަކަށް ވެސް] ވާނީ،" 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު ދިވެހިންނަށް ބޮޑު ނުކުރި ނަމަވެސް ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިދިޔަ އޭޕްރިލްމަހު ބޮޑުކުރި އެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑުވުމަކީ ގިނަ ރައްޔިތުންގެ ޝަކުވާއެއް އޮތް ކަމެކެވެ. ހާއްސަކޮށް ރާއްޖޭގެ ދެކުނާއި އުތުރުގެ ބައެއް ހިސާބުތަކަށް ދަތުރުކުރުމަށް ކުރާ ހޭދަ، ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކާ އެއްވަރުވުމަކީ ކަންބޮޑުވުމެކެވެ.

އެއާޕޯޓުތައް ގިނަވެފައި ވީނަމަވެސް، އެ ތަންތަން ގެއްލުމުގައި ހިންގަން ޖެހުމާއި ދަތުރުކުރާ މީހުންގެ އަދަދު މަދުވުމަކީ އަގު ހެޔޮކުރުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު