
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވަޒީރު އަމީން ވިދާޅުވީ، މި ހިދުމަތް ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެއާ އޮޕަރޭޓާ ސެޓްފިކެޓް (އޭއޯސީ) ހޯދުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.ހެލިކޮޕްޓަރުގެ ހިދުމަތްދޭ ފަރާތުން ޓޫރިސްޓް ފެސިލިޓީތަކާއި އެއާޕޯޓްތަކާ ދެމެދު ފަތުރުވެރިން އުފުލަން ޖެހެ އެވެ. މީގެ އިތުރުން އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތުރުވެރިން އުފުލަން ޖެހެ އެވެ.