
އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ، އެ ސިޓީގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.މޭޔަރު ސައުދު ވިދާޅުވި ގޮތުގައި، ތިނަދޫގައި ހުންނަ ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުކޮށްފައިވަނީ މިއަދު ހެނދުނު 10:00 އަށެވެ. ފުލުހުންގެ އިދާރާގައި ދޮޅުގަޑިއިރެއްހާއިރު ހޭދަކުރެއްވިއިރު، ފުލުހުން ސުވާލުކޮށްފައިވަނީ ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް މީހަކު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.ތިނަދޫގެ އާބާދީ އޮޅުވާލި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ޕޮލިހަށާއި އޭސީސީއަށް ހުށަހެޅީ އާންމުންގެ ބައެކެވެ.