
ހއ. ހޯރަފުއްޓަށް ބޭނުންވާ 1000 ކިލޯވޮޓްގެ އާ ޖެންސެޓް އެ ރަށަށް ގެނެސްފި އެވެ.
ރަށްރަށުގައި އަލަށް އާބާދުވާ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، އަސާސީ ހިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ނެވެ.އެގޮތުން ހޯރަފުއްޓަށް މިލިބުނު 1000 ކިލޯވޮޓްގެ އާ ޖެންސެޓާއިއެކު ހޯރަފުއްޓަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން އަންނާނެ ކަމަށް ފެނަކަ އިން ވަނީ ބުނެފަ އެވެ."ދެން ޕީކް ގަޑިތަކުގައި އާއި ކުރިމަގުގައި ރަށުގެ ތަރައްގީއާއި އެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަނަމަވެސް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެ" ފެންކައިން ބުންޏެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވަރަށް ބޮޑު ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް އިންޖީނުގެ ތަރައްގީ ކުރުމާއި ބޭނުންވާ އާ ޖެންސެޓްތައް ގެންދަނީ ރަށްތަކަށް ފޯރުކޮށްދެމުންނެވެ.