ކުޅިވަރު
ހޯރަފުށީ ކައުންސިލް ކަޕް: އެފްސީ ފްރިގޭޓަރ އޮއްސާލީ ލަނޑު ގޯންޏެއް!
ހއ.ހޯރަފުށީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ "ހޯރަފުށީ ކައުންސިލް ކަޕް 2026" ފުރަތަމަ މެޗުގައި އެފްސީ ފްރިގޭޓަރ ޔަންގްގެ މައްޗަށް 10-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެފްސީ ފްރިގޭޓަރ ފެށުން ކާމިޔާބުކޮށްފި އެވެ.

ހޯރަފުށީ ކައުންސިލް ކަޕް ހުޅުވަން، ހޯރަފުށީ "ކުލަބު ދަނޑު"ގައި ރޭ ކުޅުނު މެޗު ފެށީ ހާއްސަ ރަސްމިއްޔާތުތަކާ އެކު އެވެ. ނަމަވެސް މޫސުން ތަންނުދިނުމުން ދަނޑުގައި ޖޯޝާއި ފޯރިއެއް ނެތެވެ. ކުރިއަށް ހުރި މެޗުތައް ފޯރިގަދަ ވާނެ ކަމަށް ބެލެވެ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދަންމަރު ޔުނައިޓެޑް އާއި ހޯރަ 22 އެވެ. 

އެފްސީ ފްރިގޭޓަރ ޖެހި ގޯލުތައް ކާމިޔާބު ކުރީ އަލްޝަން، ނަސީމް، ރަޝީދު އަދި 4 ގޯލް ޖެހި އިބްރާހިމް ރިޒްހާން އެވެ. މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ވެސް ރިޒްހާން އެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 60000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފަވާއިރު ދެ ވަނަ އަށް އަންނަ ޓީމަށް ދެނީ 25000 ރުފިޔާ އެވެ. 

މި މަހުގެ 13 އިން 26 އަށް ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ:

  • ދަންމަރު ޔުނައިޓެޑް
  • 22 ސްޕޯޓްސް ކްލަބް
  • އެފްސީ ފްރިގޭޓަރ
  • ހޯރަ 22
  • އެފްސީ ފްރިގޭޓަރ ޔަންގް
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްބޯޅަ ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްބޯޅައިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްބޯޅަ ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. 

ޓީމްތަކުން ބޮޑެތި ތައްޔާރީތަކެއް ވެފައިވާ މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 26 ވަނަ ދުވަހު ގެ ރޭ 20:30 ގައި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު