ޚަބަރު
މާލޭގެ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ބަލަނީ
މާލޭ ގަލޮޅުގައި ހުންނަ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ފުލުހުން ވަނީ އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ދޭނެ ކަމަށް ބުނެފަ އެވެ.

އިނގިފައިވާ ގޮތުގައި ގަލޮޅު ގެއަކަށް ވަދެ ފޭރުނު މީހުން ވަނީ އެގޭގައި ދިރި އުޅޭ މީހުންނަށް ތޫނު ހަތިޔާރުން ބިރު ދައްކާ ގިނަ އަދަދެއްގެ ފައިސާ ވެސް ފޭރިގަނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު