ދީން
އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަމުގެ އަމާނާތް: ހުތުބާ
އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަމުގެ އަމާނާތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. އެހެންކަމުން ވެރިކަމުގެ އަމާނާތުގެ މުހިންމު ކަމާމެދު އިސްލާމްދީނުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅުއްވައި، އެ އަމާނާތް އަދާކުރާނެ ގޮތުގެ ފުރިހަމަ އިރުޝާދު ދެއްވާފައިވާކަމުގެ ތަފްސީލު ހުތުބާގައި އިއްވިއެވެ. "އަމާނާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް އަމާނާތަކީ ވެރިކަމުގެ އަމާނާތެވެ. އާދައިގެ އިދާރާތަކާއި އޮފީސްތަކުގެ ވެރިކަމުން ފެށިގެން ގައުމުގެ އެންމެ މަތީ ވެރިކަމާ ހަމައަށެވެ. ވެރިކަމަކީ އޭގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް އަދާނުކޮށްފި ނަމަ، އޭގެ ސަބަބުން ވެރިމީހާއަށް ގިޔާމަތްދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތިކަމަކަށް ވެގެންދާނެ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި އިތުރަށް ބުނެފައިވަނީ ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ ގޮތަށް އަދާނުކޮށްފި ނަމަ، އޭގެ ސަބަބުން ވެރިމީހާއަށް ގިޔާމަތްދުވަހުން ހިތާމައަކަށް ނުވަތަ ހިތްދަތިކަމަކަށް ވެގެންދާނެ ކަމަށެވެ. އަދި މުސްލިމުންގެ މައްޗަށް އިސްވާ ކޮންމެ މީހަކުވެސް އޭނާގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ނަސޭހަތްތެރިވުމާއި، އަދި އެމީހުންނަށް ހިދުމަތްކުރުމުގައި އިހުލާސްތެރިވުމަށް އިސްލާމީ ޝަރީއަތުގައި ބާރު އަޅުއްވާފައިވާ ކަމަށާއި އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ތެދުވެރިވުމަށް ވެސް މިއަދުގެ ހުތުބާގައި ހަދާންކޮށްދެއްވިއެވެ. "އިސްލާމްދީން ވަނީ ހާކިމުންނާއި އެހެނިހެން ފަރާތްތަކަށް އެމީހެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމައަށް އަދުލުވެރިވުން ވާޖިބު ކުރައްވައިފައެވެ. ކޮންމެ މަގާމެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް އޭނާގެ ބާރުގެ ދަށުގައިވާ ތަނެއްގައި އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވުމަށް މުސްލިމުންގެ ކަންކަމާ ހަވާލުވާ ވެރިންނަށް ރަސޫލާ ވަނީ އިރުޝާދު ދެއްވައިފައެވެ.،" ހުތުބާގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު