މުޙައްމަދު އަފްރާޙް
13 ފެބުރުއަރީ 2020 - 15:37
0 comments
މިހާތަނަށް 173 މީހުން ހިމަބިއްސަށް ޓެސްޓު ކުރި އިރު، ބަލި ފެނުނީ 12 މީހުންގެ ގައިންކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ބަލި އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.
ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނިކޮށް މިދިޔަ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އެ ބަލި އަނެއްކާވެސް ފެނިފައިވާ އިރު، އެބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ތިން އަހަރުގެ ކުއްޖެެއްގެ ގައިންނެވެ.
ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެމީހުން ދިރިއުޅޭ ސަރަހައްދުގެ އެންމެނަށް ވަނީ ވެކްސިން ދީފައެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަރާ، ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެބަލީގެ ސަބަބުން ލޮލުން ފެން އައުމާއި ގަދަޔަށް ހުންއައިސް ގައިގައި ބިހި ނެގުން ފަދަ ކަންތައް ދިމާވެއެވެ.
ބަލިން ރައްކާތެރިވުމަށް މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަންޖެހެއެވެ.
ހިމަބިހި ފެތުރެން ފެށިފަހުން ރާއްޖޭގައި މިހާތަނަށް 7900 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.