މިއަދު މެންދުރު މާލޭގެ ބޮޑުބަޔަކުން މިއަދު ކަރަންޓު ކެނޑިއްޖެއެވެ.
މިއަދު ގާތްގަޑަކަށް 10:30 އިން ފެށިގެން 11:45 އަށް މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
މިކަމާއިގުޅިގެން ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނީ ކަރަންޓު ކަނޑަމުންދަނީ މުހިންމު މަސައްކަތެއް ކުރުމަށް ކަމަށެވެ. އަދި މިކަމަށްޓަކާ ދިމާވާނެ ދަތިތަކަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.
މާލެ އާއި ވިލިމާލެއިން އިއްޔެވެސް ކަރަންޓު ކަނޑާލާފައިވާ އިރު، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މާލޭގެ އިތުރުން އައްޑުސިޓީ އަކީވެސް ކަރަންޓުގެ މައްސަލަ ބޮޑު ސިޓީއެކެވެ.
އެގޮތުން އެސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.