ޚަބަރު
ރިސޯޓު ސްޓާފުން ރަށަށް ފޮނުވުމުގެ އިންތިޒާމުތައް ކުރިއަށްއެބަދޭ: މިނިސްޓަރ
ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް ރަށަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. 

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން، ނެޝެނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފުރަބަންދުގައި ތިބި ރިސޯޓުތަކުގެ މުވައްޒަފުންނަށް ރަށަށް ދިޔުމުގެ އިންތިޒާމުތައް އަންނަނީ ކުރަމުން ކަމަށެވެ. 

އެގޮތުން ރިސޯޓުތަކުގެ މެނޭޖްމަންޓާއި ގުޅިގެން ރަށަށް ނުދެވިތިބި މުވައްޒަފުންނަށް އެ ރަށަކަށް ދެވުނުކަމުގެ ކަށަވަރުކަން ހޯދުމަށްޓަކައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

" ފުރަބަންދުގައި ތިބި ރިސޯޓުތަކުގައި ތިބި ސްޓާފުންނަށް އަނބުރާ ރަށަށް ދިޔުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތްވެސް އަޅުގަނޑުމެން މިދަނީ ކުރަމުން،" އަލީ ވަހީދު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ރިސޯޓުތަކުގެ މެނޭޖްމަންޓުތަކާއި ގުޅުގެން ރަށަށް ނުދެވި ތިބި ސްޓާފުންނަށް ރަށާ ހަމައަށް ދެވުނުކަން ކަށަވަރު ކުރަން މަސައްކަތްކޮށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާނެ ވާހަކަ ދަންނަވަން،" 

ކޮވިޑް-19އާ ގުޅިގެން މީހުން ކަރަންޓީނު ކުރުމަށް ރާއްޖޭގެ 16އަށް ވުރެ ގިނަ ރިސޯޓު މިހާރުވެސް ދަނީ ބޭނުން ކުރަމުންނެވެ.  އަދި ވިދާޅުވީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މިހާރުވެސް އެކި ޤައުމުތަކަށް ނިސްބަތްވާ ފަތުރުވެރިން ރާއްޖޭގެ 10 ރިސޯޓެއްގައި އެބަތިބިކަމަށެވެ.

ރައްޔިތުންނަށް ދެވެން އޮތް އެންމެ އޯގާތެރިކަމެއް ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު