ވިޔަފާރި
އެސްޓީއޯއިން ފިޔާ، ބިސް ހޯލް ސޭލް ކުރަނީ
ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯ އާ ޝިޕްމަންޓެއް ގެނެސް، ފިޔާ އަދި ބިސް ހޯލްސޭލް ކުރަން ފަށާފައިވާ ކަމަށް ބުނެފި އެވެ.

އެސްޓީއޯއިން ބުނީ ހޯލްސޭލްކޮށް ފިޔާ އަދި ބިސް ގަންނަން ބޭނުންވާ ވިޔަފާރިތަކުން ހެނދުނު 10 އަކުން މެންދުރުފަހު 3:30އަށް ހޮޓްލައިން ނަމްބަރަށް ގުޅައިގެން އޯޑަރުދެވޭނެ ކަމަށެވެ. އަދި އޯޑަރު ކޮންފަރމްވުމުން ދަތުރުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކަށް ތަކެތި ބަލާ އައުމުން ވަގުތުން ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ޑެލިވަރީގެ ޚިދުމަތްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ކަންމަތީ ފިހާރަތަކާއި، ސުޕަރމާޓުތައް އަދި ދޯނިތަކަށް ޑެލިވަރ ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ދަތުރު ކުރުމުގެ ހުއްދަ އޮންނަ މީހުން އެސްޓީއޯ އަށް ދިއުމުން އެ ތަކެތި ލިބޭނެ ކަމަށާ، ތަކެތި ގަންނަން ބޭނުންވާ ފަރާތް ތަކުން 7291123 އަދި 7291125 ނަމްބަރަށް ގުުޅުމަށް ވެސް އެސްޓީއޯއިން ބުންޏެވެ. ނަމަވެސް މީގެ ތެރޭގައި އަލުވި ނުހިމެނޭނެ ކަމަށް ބުނެފައިވެ އެވެ. 

އެ ކުންފުނިން ވަނީ މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ބިހާއި އަލުއްވާއި ފިޔާގެ ބޮޑު ޝިޕްމަންޓެއް ގެނެސްފަ އެވެ. މިހާލަތުގައި އެތަކެތި ހުސްނުވެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް އެސްޓީއޯ އިން ދެ އެވެ.

އެސްޓީއޯ އިން ބިހާއި ފިޔާ ހޯލްސޭލްކޮށް ވިއްކަމުން އަންނަ އިރު މިތަކެތި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެ އެވެ. ރީޓެއިލްކޮށް ތަކެތި ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ އީސްޓޯރު މެދުވެރިކޮށް ގަނެވޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު