ލައިފްސްޓައިލް
ރެސިޕީ: ގުޅަ ރިހަ

ގުޅަރިހަ އަކީ ތިލަދުންމައްޗާއި ހައްދުންމަތި ފަދަ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޚާއްސަ ރިހައެއް ނަމަވެސް ގިނަ ދިވެހިން އެއްބަސްވަނީ ގުޅަރިހަ ނުވަތަ ހައްދުންމަތީގައި ކިޔާގޮތުން ނަމަ "ގޮޅަރިހަ" އަކީ ހައްދުންމަތިން ދިވެހި ރެސިޕީއަށް ތައާރަފްވި ރިހައެއް ކަމަށެވެ. 

ބޭނުންވާ ތަކެތި

މަސްގުޅަ ހެދުމަށް ބޭނުންވާ ހަވާދު ހެދުމަށް

  • 3 ސައިސަމުސާ ދެވި ހަވާދު
  • 1 ފިޔާ
  • 1 ލޮނުމެދު
  • 4 ހިކިމިރުސް
  • 2 ކޯޅި ހިކަނދިފަތް
  • ½ ސައިސަމުސާ ދިރި
  • ½ ސައިސަމުސާ އަސޭމިރުސް
  • ލޮނު (ރަހަލާ ވަރަށް)
  • ރިހަ ކެއްކުމަށް
  • 1 ޖޯޑު ރޯމަސް (ކަހާފައި)
  • ½ ޖޯޑު ދެވި ހަވާދު
  • 2 ޖޯޑު ކާށިކިރު
  • ½ ޖޯޑު ކާށިކިރު (ބޯކިރު)
  • 1 ފިޔާ
  • 1 ލޮނުމެދު
  • 1 ގިތެޔޮ މިރުސް
  • 2 ކޯޅި ހިކަނދިފަތް
  • ރާނބާފަތްކޮޅެއް
  • ލޮނު (ރަހަލާ ވަރަށް)
  • ތެޔޮ

ތައްޔާރު ކުރާނެގޮތް

މަސްގުޅަ ހެދުމަށް ބޭނުންވާ ހަވާދުކޮޅު ތައްޔާރު ކުރުން

ހަވާދު ތައްޔާރު ކުރުމަށް ބޭނުންވާ އެއްޗެހި (ހިކިކޮށް ހަވާދުކޮޅު ހުންނަ ވަރަށް) ފުނޑާލާށެވެ.

ގުޅަ ތައްޔާރު ކުރުން

މަސްކޮޅު ރަނގަޅަށް ފެން ފެލާލާފައި ތަށްޓަކަށް އަޅާށެވެ. ދެން، އޭގެ ތެރެއަށް، ފުނޑި ހަވާދުކޮޅު އަޅައި، ރަނގަޅަށް މޮޑެލާށެވެ. އޭގެފަހުގައި، މިކްސްޗަރއަށް އަޅައި މުގުރާލާށެވެ. އެއަށްފަހު، އެ މަސްގަނޑުން ކުދިކޮށް ގުޅަ ހަދާށެވެ. ގުޅަ ހަދާއިރު، އަތުގައި ތެޔޮފޮދެއް ހާކައިލުމުން ގުޅަ ހަދަން ފަސޭހަވާނެއެވެ.

ރިހަ ކެއްކުން

ތެއްޔަށް ތެޔޮ ފޮދެއް އަޅައި އުނދުން މައްޗަށް އުދާށެވެ. ތެޔޮފޮދަށް ހޫނުވުމުން، އޭގެ ތެރެއަށް ރިހަ ކައްކަން ބޭނުންވާ އެއްޗެހި (ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ހިކަނދިފަތް އަދި ރާނބާފަތް) ކޮށާލުމަށްފަހު، އަޅާށެވެ.

ފިޔާކޮޅު މޯޅިވުމުން، ލޮނު އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާށެވެ. ދެން، ދެވި ހަވާދުކޮޅު (ފުނޑާފައި) އޭގެ ތެރެއަށް އެޅުމަށްފަހު، މޯޅިކުރި ފިޔާކޮޅާއި އެއްކޮށްލާށެވެ.

އެއަށްފަހު، އޭގެ ތެރެއަށް 2 ޖޯޑު ކާށިކިރު އަޅާށެވެ. ބޮކި ޖަހާފައި ކެކެން ފެށުމުން، ކުރިން ތައްޔާރު ކުރި ގުޅަތައް އަޅާލާށެވެ. ގުޅަތަކުގެ ރޯފިލަންދެން ކައްކާލަން ވާނެއެވެ. އަދި ދޭތެރެއަކުން، ދޭފަތެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން، ރިހަތެލި ހަލައިލާށެވެ.

ރަނގަޅަށް ކެކެން ފެށުމުން އޭގެ ތެރެއަށް ބޯކިރުފޮދު އަޅާށެވެ. ދެން، ފަސް މިނެޓް ވަންދެން މަޑު ގިނީގައި ބަހައްޓައިގެން، ރިހަފޮދު ކައްކާލާށެވެ. އުނދުންމަތީން ބޭލުމުގެ ކުރިން، ލޮނުރަހަ ހެޔޮވަރު ކޮށްލަން ވާނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
79%
14%
4%
4%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު