ވިޔަފާރި
ގެދޮރު ބިނާކުރަން ހިޔާވަހި ފައިނޭންސް ނަމުގައި ސަރުކާރުން ލޯނު ދޫކުރަނީ
ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލުއި ލޯނުތަކެއް ތައާރަފުކުރަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހިންގާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މިރޭ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ސްކީމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޚާއްސަކޮށް، އިސްލާމިކް ފައިނޭންސްގެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުން މަތިން ކުރިއަށް ގެންދާނެ ސްކީމެއް ކަމަށެވެ.

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އެޗްޑީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ޒީނާދެވެ.

ހިޔާވެހި ފައިނޭންސް ސްކީމްގެ ލޯނުތައް ވަނީ ދެ ބާވަތަކަށް ބަހާލާފަ އެވެ. އެއީ އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމާއި ގްރޭޓާ މާލޭ ސަރަހައްދާއި މި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެވެ.

އެގޮތުން ރަށްރަށުގައި ގެދޮރު އިމާރާތްކުރަން ގިނަވެގެން ލިބެނީ އެއް މިލިއަން ރުފިޔާ އެވެ. މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރަން ތިން މިލިއަން ރުފިޔާއާ ހަމައަށް ލިބެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ސްކީމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި ހިއްސާކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު