ޚަބަރު
އައިވީއެފްގެ ފުރުސަތު އިތުރު 63 މީހަކަށް
ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް އެހީވުމަށް އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް ހެދުމުގެ ފުރުޞަތު ދިނުމުގެ ދެވަނަ ބުރުގައި، 63 މީހުންނަށް ސަރުކާރުން އެހީ ހަމަޖައްސައިފި އެވެ.

އެންސްޕާއިން އިއްޔެ ގެޒެޓުކުރި އިއުލާނަކާ އެކީ އާސަންދައިގެ ދަށުން އައިވީއެފްގެ ފަރުވާ ހޯދުމަށް އެދި ހުށަހެޅި މީހުންގެ ތެރެއިބް ފރުސަތު ލިބުނު މީހުންގެ ލިސްޓްގެ އިތުރުން ޝަރުތު ހަމަ ނުވި މީހުންނާއި އޭގެ ސަބަބުން ވެސް ހިއްސާކޮށްފައިވެ އެވެ.

އާއްމުކޮށްފައިވާ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިމަހުގެ 10ވަނަ ދުވަހުގެ 14:00ގެ ކުރިން، އީމެއިލް މެދުވެރިކޮށް އެންސްޕާއަށް ހުށައެޅުމަށް އެ އޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ. ޝަކުވާއަށް ބެލުމަށްފަހުގައި، މިހާރު ޝާއިޢުކޮށްފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭނަމަ، މުރާޖަޢާކޮށް ލިސްޓް 15 ނޮވެމްބަރުގައި އަލުން ނެރޭނެކަމަށް އެންސްޕާއިން ބުުންޏެވެ.

އައިވީއެފް ހެދުމަށް ހުޅުވާލި ފުރަތަމަ ބުރުގައި ހުށައެޅި 153 މީހުންގެ ތެރެއިން، ޝަރުތު ހަމަވެ 37 ދެމަފިރިއަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. މިއަހަރު 100 ދެމަފިރިއަކަށް އެހީދިނުމަށް ސަރުކާރުންވަނީ ނިންމަވާފައިވެއެވެ. އަދި އެކަމަށް އާސަންދަ މެދުވެރިކޮށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެ އެވެ.

ރާއްޖޭގައި އައިވީއެފް ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފަ އެވެ. އެގޮތުން މިއަހަރު ދަރުމަވަންތަ ހޮސްޕިޓަލްގައި އައިވީއެފް ހިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ކޮމްޕެނީސްއިން ވަނީ ހާމަކޮށްފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު