ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކައުންސިލް އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓު އިއުލާނު ކޮށްފި
އިސްމާއިލް ރިޒާ
03 އޭޕްރީލް 2021 - 22:31
0
comments
Tweet
Telegram
އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކޮށްފި އެވެ.
އެ ލިސްޓު ވަނީ ސަރުކާރުގެ ގެޒެޓާއި އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުގައި މިހާރު އާންމު ކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މިލިސްޓް ސަރުކާރުގެ ގެޒެޓްގަ އާއި ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.
ދާއިމީ ލިސްޓްގައިވާ ގޮތުން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ވަނީ ލިބިފަ އެވެ.
މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އޭޕްރީލް 10 ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރޭ އެންމެނަށް އިންތިހާބުގައި ވޯޓުލެވޭނެކަމަށް އިލެކްޝަންސްއިން ވިދާޅުވެއެވެ.
ދެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓް އެކުލަވާލާފައިވަނީ މިދިޔަ އަހަރު ބާއްވަން އޮތް ދެ އިންތިހާބު މިއަހަރަށް ލަސްވުމާ ގުޅިގެން ވޯޓުގެ ކުރިއަށް 18 އަހަރުވާ ކުދިން ވެސް ހިމަނައިގެންނެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލާ ދުވަހަށް 18 އަހަރު ހަމަވާތީ މުޅިން އަލަށް 5134 ކުދިން ވޯޓުލާނެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމްކުރާނެއެވެ. ޕެންޑަމިކާއި ގުޅިގެން ކޮންމެ ވޯޓުފޮށްޓަކަށްވެސް އެންމެ ގިނަވެގެން ވޯޓުލެވޭނީ 550 މީހުންނަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ލ ވޯޓުލާ މީހުންނަށް ވީހާވެސް ފަސޭހަކުރުމަށްޓަކައި 550އަށްވުރެ ގިނައިން މީހުން ވޯޓުލާ ފޮށިތައް ދެބަޔަކަށް ބަހައި، އެއަށްވުރެ އަދަދު ވަނީ މަދުކޮށްފައެވެ. މާލޭގެ އިތުރަށް ރަށްރަށާއި ވޯޓުފޮށި ބެހެއްޓުމަށް ރަޖިސްޓަރ ކޮށްފައިވާ ރިސޯޓްތަކުގައިވެސް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
ފިނޭންސުން އެދިގެން އީސީގެ މެމްބަރުން އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
2 ދުވަސް ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
4 ދުވަސް ކުރިން
0
އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އުނައިސް އައްޔަންކޮށްފި
13 ދުވަސް ކުރިން
0
މަޖިލީހުގެ އިންތިހާބު: އޮބްޒާވަރުންގެ ތައުރީފް އީސީއަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
7 ގަޑިއިރު ކުރިން
0
ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާ ސެމިނާއެއް ފަށައިފި
8 ގަޑިއިރު ކުރިން
0
ފިނޭންސުން އެދިގެން އީސީގެ މެމްބަރުން އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
9 ގަޑިއިރު ކުރިން
0
މޯލްޑިވިއަންއިން ކޮޗިންނާއި ޓްރެވިންޑްރަމްއަށް އިތުރު ދަތުރުތަކެއް ކުރަނީ
9 ގަޑިއިރު ކުރިން
0