ވިޔަފާރި
ހިޔާ ފްލެޓަށް ޚާއްސަ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން
ފްލެޓް ލިބުނު މީހުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަން -- ފޮޓޯ: މޯލްޑިވް ގޭސް
ހިޔާ ފްލެޓު ލިބުނު މީހުންނަށް ޚާއްސަކޮށްގެން މޯލްޑިވް ގޭހުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތިނަކަށް ކުރިއަށްދާ މި ޕްރޮމޯޝަން ގައި ގޭސްފުޅި ހިލޭ ލިބޭއިރު ގޭސްފުޅި އިންސްޓޯލް ކޮށްދެނީ ވެސް މުޅިން ހިލެއެވެ. 

އެ ޕްރޮމޯޝަނުގައި ރެޖިސްޓްރީ ވުމަށްޓަކައި މޯލްޑިވް ގޭހަށް ގުޅައިގެން ވެސް ކުރިއަށް ގެންދެވޭނެއެވެ. އަދި ހިޔާ ފްލެޓް ސަރަހައްދުގައި އިއްޔެއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކަށް އެ ކުންފުނިން ވަނީ ޓެންޓު ޖަހައި ރެޖިސްޓަރ ކުރެވޭނެ ގޮތް ހަމަ ޖައްސައިފައެވެ.

"ހިޔާ ޕްރޮމޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ގޭސް ރީފިލް ކުރުމަށް ދައްކަން ޖެހޭނީ އެންމެ 200 ރުފިޔާއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު