ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދިގުރަށު ބަނދަރާއި ސްކޫލް އައު ޢިމާރާތުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭނެ: ރައީސް
އިސާއު އަހުމަދު
13 ސެޕްޓެމްބަރ 2021 - 04:37
0
comments
Tweet
Telegram
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އދ. ދިގުރަށު ކައުންސިލާއެކު އިއްޔެ ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކުދި މަޝްރޫޢުތައް ކައުންސިލާ ރަށުގެ ރައްޔިތުން ކުރިޔަށް ގެންދިޔަ ނަމަވެސް ދިގުރަށުގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ސަރުކާރާއި ގުޅިގެން ކައުންސިލުން މަސައްކަތްކުރައްވާނެކަމުގައި ކައުންސިލުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދިގުރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ވަނީ ރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށަކަށްވެފައިވާއިރު ބަނދަރުގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާކަމަށާއި، ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްވެފައިވާ ނެތުުމުން ޓޫރިޒަމް އަށް އެކަމުގެ ސަބަބުން ގޮންޖެހުންތައް ދިމާވާކަމުގައި ވިދާޅުވެފައެވެ. އަދި މީގެ އިތުރުން ވެސް ސްކޫލްގެ ޢިމާރާތުގެ ދަތިކަމާއި، ރަށްގިރުމުގެ މައްސަލަ ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިގުރަށުގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ.
މިގޮތުން ބަނދަރުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި، ރަށް ގިރާ މައްސަލަ ޙައްލުކުރުމަށް މިހާރު ހަދަންޖެހޭ ދިރާސާތައް ކުރިޔަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ސްކޫލް ޢިމާރާތުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަކީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭކަމަށްވާތީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ދިގުރަށު ސްކޫލްގައި 3 ބުރީގެ ޢިމާރާތެއް އެޅުމަށް ނިންމަވާފައިވާ ކަމަށާ، ފެނާއި ނަރުދަމާގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި، މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
ސަފީރުކަމަށް އައްޔަންކުރެއްވި 9 ބޭފުޅަކަށް ފަތްކޮޅު އަރުވައިފި
7 ދުވަސް ކުރިން
0
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަންކަމަށް ޖިހާދު
7 ދުވަސް ކުރިން
0
ނޫސްވެރިން ހިމާޔަތްކުރާނަން: ސަރުކާރު
9 ދުވަސް ކުރިން
0
ޔާމީންގެ ވަކީލު ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލީހުގެ ތަޅުމަށް ވަޑައިގެންނެވީ 10 މެންބަރުން، ޖަލްސާ ނުބޭއްވުނު
7 ގަޑިއިރު ކުރިން
0
އެއާޕޯޓު ޓެކްސީ ކިއުގެ މައްސަލަ ހައްލުކޮށްފި
7 ގަޑިއިރު ކުރިން
0
ހޯރަފުށި އައިސް ޕްލާންޓުން އައިސް ނުލިބޭތާ އެތައް ދުވަހެއް: މަސްވެރި ޔޫނިއަނުން
7 ގަޑިއިރު ކުރިން
0
އެމްއޭސީއެލްގެ ކާރެއް ވަގަށް ނެގި މައްސަލާގައި ބަޔަކު ހައްޔަރުކޮށްފި
20 ގަޑިއިރު ކުރިން
0