ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޝާހިދަށް އެރުވި އިއްޒަތުގެ ލަގަބަކީ އެމަނިކުފާނަށް ހައްގު ޝަރަފެއް: ރައީސް ނަޝީދު
އިސްމާއިލް ރިޒާ
08 އޮކްޓޫބަރ 2021 - 14:41
0
comments
Tweet
Telegram
އދ.ގެއާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް، ދިވެހި ދައުލަތުން އެރުވި އިއްޒަތުގެ ލަގަބަކީ އެމަނިކުފާނަށް ހައްގު ޝަރަފެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ ފޭސްބުކު ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ނަޝީދު ވަނީ މިނިސްޓަރު ޝާހިދު ދިވެހިރާއްޖެއަށް ހޯއްދަވާ ދެއްވި ޝަރަފަށް ޓަކައި ޝާހިދަށް ދައުލަތުގެ އިއްޒަތް ހައްގު ވާކަމަށް ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި މިނިސްޓަރު ޝާހިދަށް ރައީސް ނަޝީދު ވަނީ މަރުހަބާވެސް ދަންނަވާފައެވެ.
"މަރުހަބާ އަބްދުﷲ ޝާހިދު. މަނިކުފާނު ރާއްޖެއަށް ތިޔަ ހޯއްދަވައި ދެެއްވި ޝަރަފަކީ މަނިކުފާނަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގުވާ ޝަރަފެއް،" ނަޝީދުގެ ޕޯސްޓްގައި ވިދާޅުވިއެވެ.
ޝާހިދަށް މި ޝަރަފު އަރުވާފައިވަނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިނިސްޓަރު ޝާހިދަށް އެރުވި ލަގަބު ނިސްބަތް ވަނީ އެމަނިކުފާނުގެ ހަވަނަ ކާފާފުޅަށެވެ. ނިޝާނުގެ އިއްޒަތަކީ އެމީހެއްގެ ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން ނުވަތަ ބައިނަލްއަގްވާމީ ހިދުމަތް ވަޒަން ކުރުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަރުވާ އިއްޒަތެކެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ) ނިސްބަތް ކުރެވެނީ، އައްސުލްތާނުލްޣާޒީ ހަސަން އިއްޒުއްދީން، ސިރީ ކުލަރަންމީބަ ކައްތިރިބަވަނަ މަހާރަދުންނަށެވެ.
އަބްދުﷲ ޝާހިދަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައެޅުއްވީ، އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެންނެވެ. އަދި އެ މަގާމަށް އެމަނިކުފާނު ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އިންތިހާބުވެވަޑައިގަތުމަކީ، ދިވެހިރާއްޖެއަށް އެ މަނިކުފާނު ހޯއްދަވައިދެއްވި ފަހުރަކާއި ޝަރަފުވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.
އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގަތުމަކީ ރާއްޖޭގެ ތާރީހުގައި އދ.ގެ ރިޔާސަތު ބަލަހައްޓަން ރާއްޖެ ހޮވުނު ފުރަތަމަ ފަހަރެވެ.
އަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވުމާއި ގުޅިގެން އެމްޑީޕީންވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.
ޝާހިދު ހޯއްދަވަމުން ގެންދަވާ ކާމިޔާބީއަކީ ޕާޓީއަށް ލިބޭ ޝަރަފެއް: އެމްޑީޕީ
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
އަންހެނުންގެ ދުވަހަށްފަހު ރައީސް މުއިއްޒު ދޮގުހެދުން ހުއްޓާލުމަށް ޝާހިދު ގޮވާލައްވައިފި
2 މަސް ކުރިން
0
ވެރިކަން ގެއްލުނީ ނަޝީދުގެ ޓީމު ވަކިވުމުން: ސޯލިހް
2 މަސް ކުރިން
0
ވާދަވެރިއަކު ނެތުމުން އެމްޑީޕީގެ ރައީސް މަގާމު ޝާހިދަށް ލިބިއްޖެ
6 މަސް ކުރިން
0
ފަލަސްތީނުން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ހުޅުމާލެއިން މީޑިއާ ވިލެޖަށް ބިމެއް ކަނޑައަޅައިފި
4 ގަޑިއިރު ކުރިން
0
ޓޫރިސްޓް ދެމަފިރިން ގެނބެމުން ދިޔަ ރިސޯޓް މުވައްޒަފަކު ސަލާމަތްކޮށްފި
4 ގަޑިއިރު ކުރިން
0
އެފްޑީސީން އާ ލޯގޯއެއް ތައާރަފުކޮށްފި
7 ގަޑިއިރު ކުރިން
0
ހަ ބައި އިލެކްޝަނެއްގެ ވޯޓުލުން ފަށައިފި
7 ގަޑިއިރު ކުރިން
0